ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން މުޅިން އަލަށް 4 ކޯހެއް ތަޢާރަފުކޮށް، ޖެނުއަރީ އިންޓޭކަށް ފުރުޞަތު ހުޅުވާލައިފި
ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ 2027 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ 4 ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އިންޓޭކުގައި އަލަށް ތަޢާރަފުކުރި ކޯސްތަކުގެ ތެރޭގައި ހިމެނެނީ ބެޗްލަރސް ޑިގްރީ ފެންވަރުގެ 3 ކޯހަކާއި، މާސްޓަރސް ފެންވަރުގެ 1 ކޯހެވެ.
މި ސެމިސްޓަރުގައި އަލަށް ފަށާ ކޯސްތަކުގެ ތެރެއިން "ބެޗްލަރ އޮފް ސައިންސް އިން ސައިކޮލޮޖީ" އަކީ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ޤަބޫލުކޮށްފައިވާ ކޯހެކެވެ. އެހެންކަމުން، މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް އެ ކައުންސިލްގެ ދަށުން ޕްރެކްޓިސް ކުރުމުގެ ލައިސަންސް ލިބި، ރަސްމީކޮށް ޚިދުމަތް ދިނުމުގެ ހުއްދަ ލިބިގެންދާނެއެވެ.
ޒިކުރާ ކޮލެޖުން މަޢުލޫމާތު ދެއްވި ގޮތުގައި އަލަށް ތަޢާރަފުކުރި ކޯސްތަކަކީ:
މި ކޯސްތަކުގެ ކިޔެވުން އެ ކޮލެޖުގެ މާލެ އަދި ފުވައްމުލައް ކެމްޕަހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ކިޔެވޭނެހެން އޮންލައިންކޮށް ވެސް ކޯސްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މުޅިން އަލަށް ތަޢާރަފުކުރި މި 4 ކޯހުގެ އިތުރުން، ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ ޖެނުއަރީ އިންޓޭކު މިހާރު ވަނީ ރަސްމީކޮށް ހުޅުވާލެވިފައެވެ. މި އިންޓޭކުގެ ދަށުން ސެޓްފިކެޓް ލެވެލުން ފެށިގެން މާސްޓަރސް ޑިގްރީ ފެންވަރާ ހަމައަށް، ތަފާތު ދާއިރާތަކުން 100 އަށްވުރެ ގިނަ ކޯސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މި ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހެވެ. ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު އެ ކޮލެޖުގެ ފޭސްބުކް ޕޭޖުގައި ޢާންމުކޮށްފައިވާ ޚާއްޞަ ލިންކު މެދުވެރިކޮށް އޮންލައިންކޮށް މިހާރު ވަނީ ހުޅުވާލެވިފައެވެ.
ކޯސްތަކާ ގުޅޭ އިތުރު މަޢުލޫމާތު ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ ފޭސްބުކް ޕޭޖުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި އެ ކޮލެޖުގެ ހޮޓްލައިން ނަންބަރު 7902562 ނުވަތަ 7792562 އަށް ގުޅުއްވައިގެން ވެސް މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.