.ޒިކުރާ ކޮލެޖުގެ 4 ވަނަ ވާހަކަދެއްކުމުގެ މުބާރާތް 1448

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ ޑިޕާޓްމެންޓް އޮފް އިސްލާމިކް ސްޓަޑީޒް އެންޑް ސައިންސްގެ ފަރާތުން އިންތިޒާމުކޮށްގެން އަހަރަކު އެއްފަހަރު ބާއްވާ "ޒިކުރާ ވާހަކަދެއްކުމުގެ މުބާރާތް"ގެ 4 ވަނަ މުބާރާތް 81 ދަރިވަރުންގެ ބައިވެރިވުމާއެކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

Oct 20, 2026

"އިސްލާމީ އަޚްލާޤު" މި މައިގަނޑު މައުޟޫޢަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ ސެޝަންތައް ކުރިއަށްދިޔައިރު، މުޅި ރާއްޖެއަށް ހުޅުވާލައިގެން ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ 'ޒިކުރާ ކަނެކްޓް' ފޭސްބުކް ޔޫޓިއުބް އަދި ޓިކްޓޮކު ޕޭޖް މެދުވެރިކޮށް މުބާރާތުގެ ހަރަކާތްތައް ވަނީ ވަގުތުން ލައިވްކޮށްފައެވެ.

ތަފާތު އުމުރުފުރާތަކާއި ބައިވެރިންގެ ތަފްސީލު

މި އަހަރުގެ މުބާރާތުގައި ތަފާތު ތަޢުލީމީ މުއައްސަސާތަކުންނާއި އަމިއްލަ ގޮތުން ޖުމްލަ 81 ދަރިވަރުން ވަނީ ބައިވެރިވެ، ވާދަކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 53 އަންހެން ދަރިވަރުންނާއި 28 ފިރިހެން ދަރިވަރުންނެވެ.

މުބާރާތުގައި ބައިވެރިވި ސްކޫލްތަކުގެ ތެރޭގައި:

މި މުބާރާތް ކުރިއަށްދިޔައީ ޖުމްލަ 6 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށުގެ އިތުރުން 17 އަހަރުން މަތީގެ އުމުރުފުރާއެވެ.

މުބާރާތަށް އިންސާފުކުރުމުގައި އިސް ފަނޑިޔާރަކާއެކު 3 ފަނޑިޔާރުންގެ ޓީމެއް ހަރަކާތްތެރިވެފައިވާއިރު، ކޮންމެ ބައިވެރިއެއްގެ ނަތީޖާ ކަނޑައެޅޭނީ މި ފަނޑިޔާރުން ދެއްވި މާކްސްގެ އެވްރެޖުންނެވެ.

ފަނޑިޔާރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ:

  ވަގުތު: ޖޫނިއަރ ގުރޫޕުގެ ބައިވެރިންނަށް 5-7 މިނިޓާ ދެމެދުގެ ވަގުތެއް ދެވުނުއިރު، ސީނިއަރ ގުރޫޕުގެ ބައިވެރިންނަށް ދެވިފައިވަނީ 7-10 މިނިޓާ ދެމެދުގެ ވަގުތެކެވެ.  

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ކުރީކޮޅުގައެވެ.